ބޭރުދުނިޔެ ޔަމަނުގެ ހަނގުރާމައިގެ ސަބަބުން 1،400 މީހުން ޖިބޫތީއަށް ހިޖުރަކޮށްފި

ޔަމަނުގެ ހަނގުރާމައިގެ ސަބަބުން 1،400 މީހުން ޖިބޫތީއަށް ހިޖުރަކޮށްފި

ޔަމަނުގެ ހަނގުރާމައިގެ ސަބަބުން 1،400 މީހުން ޖިބޫތީއަށް ހިޖުރަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި އީރާނާ ގުޅުން އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން، ގާތްގަނޑަކަށް 1،400 މީހުން ޖިބޫތީއަށް ހިޖުރަކޮށްފައިވާ ކަމަށް އެ ގައުމުގެ އިގްތިސާދާއި މާލީ ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ. ޔަމަނުގެ އުތުރުގެ ބޮޑު ސަރަހައްދެއްގެ އިތުރުން، ވެރިރަށް ސަންޢާ އާއި ހުޅަނގުގެ ހުދައިދާ ސިޓީ މިހާރު އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ފަރާތްތަކުން އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުގަދަކޮށް، ބުރާސްފަތި ދުވަހު ވަނީ ބަނދަރު ސިޓީއެއް ކަމަށްވާ މޮޚާ ހިފާފައެވެ. އޭގެ ފަހުން ރަތްކަނޑުގެ އައްސޭރިފަށާއި ރަށްތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، ހުކުރު ދުވަހު ވަނީ ސުއޭޒް ކެނަލް މެދުވެރިކޮށް ދުނިޔޭގެ ޝިޕިންގް ދަތުރުފަތުރަށް ނުހަނު މުހިންމު ބާބުލް މަންދަބް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެސް ވަރުގަދަކޮށްފައެވެ.

ޖިބޫތީގެ ވަޒީރު އިލްޔާސް މޫސާ ދަވާލޭ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ 24 ގަޑިއިރުގެ ތެރޭގައި ޔަމަނުން 1،400 ރެފިއުޖީން ޖިބޫތީއަށް އައިސްފައިވާ ކަމަށެވެ. ޔަމަނާ ސީދާ ކުރިމަތިވާ ގޮތަށް އޮންނަ ކުޑަކުޑަ ޖިބޫތީއަކީ އަދަނު ކަނޑުއޮޅިން ރަތްކަނޑަށް ވަދެވެން އޮންނަ ބާބުލް މަންދަބް ކަނޑުއޮޅީގެ ބޯޑަރު ހިއްސާކުރާ ގައުމެކެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) ގެ ހިއުމެނިޓޭރިއަން ރެސްޕޮންސް ކޯޑިނޭޓަރު ސަފިއްޔާ އިބްރާހީމް އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޮބޮކްގެ އައްސޭރިފަށަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެހީތެރިކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކު އަންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހުން ފެށިގެން ޔަމަނުގައި މަދުވެގެން 76،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ފަހުގެ ކުރިމަތިލުންތަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި އެ އަދަދު ވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ. މިދިޔަ ހަފުތާގައި ހޫޘީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ސަރުކާރުގެ ސިފައިންނާ ދެކޮޅަށް އާ ހަމަލާތަކެއް ފަށައި، ބާބުލް މަންދަބް ކަނޑުއޮޅިއާ އިންވެގެންވާ ސަރަހައްދުތަކަށް އަމާޒުކޮށްފައެވެ. ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، މި ކަނޑުއޮޅީގެ މުހިންމުކަން، ހާއްސަކޮށް ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޓެގް

ބޭރުދުނިޔެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.