{އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް މަނާކޮށް ބަސްނުބުނާށެވެ! އަދި މާތްވި ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!} [އަލްއިސްރާ: 23]
އިސްލާމްދީނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އިޙްތިރާމްކުރުމާއި، ކިޔަމަންތެރިވުމަކީ ވާޖިބެކެވެ. މައިންބަފައިންގެ ދަރަޖައާއި، އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އިސްލާމްދީނުގައި ވަނީ ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ކިޔަމަންތެރިވުމަށް އޮތް މުހިންމުކަން ބޮޑުކަމުން، ﷲ ތަޢާލާ ވަނީ އެކަލާނގެއަށް ޝުކުރުވެރިވުމާ މައިންބަފައިންނަށް ޝުކުރުވެރިވުން ގުޅުވާލައްވާފައެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
{އަދި އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ތިމަންރަސްކަލާނގެ އިންސާނާއަށް ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލިމަޑުކަމުގެ މައްޗަށް ބަލިމަޑުކަމާއެކު (ބަނޑުގައި) އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތަވީ ދެއަހަރުންނެވެ. (ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީ) ތިމަންރަސްކަލާނގެ އަށާއި، ކަލޭގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރިދިއުންވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.} [ލުޤުމާން: 14]
ހިތާމައަކީ، މިއަދު އަޅުގަނޑުމެން މިދެކެނީ ދަރިން އެދަރިންގެ މައިންބަފައިންނާ ނުހަނު އިޙްތިރާމް ކުޑަގޮތަކަށް ވާހަކަދައްކައި، މައިންބަފައިންގެ އަގުވެއްޓޭ ފަދަ ޢަމަލުތައް ކުރަމުންދާ މަންޒަރެވެ. ނަމަވެސް، އިސްލާމްދީނަކީ ދުޝްމަނުންނާ މެދުގައިވެސް ރިވެތި އަޚްލާޤާއި އިޙްތިރާމާއެކު މުޢާމަލާތްކުރުމަށް ބާރުއަޅާ ދީނަކަށްވާއިރު، މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މައިންބަފައިންނާ ގުޅޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ ބަސްފުޅުތަކަށް ބަލާލަމާ ހިނގާށެވެ. {މިއީ އެފޮތެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ. (އެއީ) ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ.} [އަލްބަޤަރާ: 2]
ކީރިތި ޤުރުއާނުގައި މައިންބަފައިންނާ ގުޅޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ ބަސްފުޅުތަކަށް ބަލައިލަމާ ހިނގާށެވެ. “މިއީ އެފޮތެވެ. އޭގައި އެއްވެސް ޝައްކެއްނެތެވެ. (މިއީ) ތަޤުވާވެރިންނަށް ހުރި ތެދުމަގކެވެ.” [ބަޤަރާ ސޫރަތް: 2]
މައިންބަފައިންނަށް އިޙްތިރާމްކުރުމާއި، އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުޢާމަލާތްކުރުން
މާތްﷲ ވަޙީކުރައްވާފައިވެއެވެ.
“މާތްﷲ މެނުވީ އެހެންފަރާތަކަށް އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އަމުރުކުރެއްވިއެވެ. އެ ދެމީހުންކުރެ މީހަކު ނުވަތަ އެ ދެމީހުންމެ ކަލޭގެފާނުގެ ގާތުގައި ތިބެ މުސްކުޅިކަމުގެ ދުވަސްތައް ގުނަމުންދާއިރު، އެމީހުންނަށް ‘އުއްފު’ ވެސް ނުބުނާށެވެ. އަދި އެމީހުންނަށް ހަރުކަށި ބަސްތައް ނުބުނާށެވެ. އަދި މާތްވެގެންވާ ރިވެތި ބަހުން އެމީހުންނާ މުޢާމަލާތްކުރާށެވެ. އަދި އޯގާތެރިކަމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ އެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ދަންނަވާށެވެ. އޭ ހަދީ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅުގަނޑު ކުޑަކުއްޖަކު ކަމުގައިވީއިރު، އެ ދެމީހުން އަޅުގަނޑު ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތްލައްވާފާނދޭވެ!” [އިސްރާ ސޫރަތް: 23-24]
މައިންބަފައިންނަށް ޝުކުރުވެރިވުން، ނަމަވެސް ޝަރީޢަތާ ޚިލާފު ކަންކަމުގައި ކިޔަމަންނުވުން
މާތްﷲ ވަޙީކުރައްވާފައިވެއެވެ.
“…ތިމަންރަސްކަލާނގެ އަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ. އެނބުރިދިއުންވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އަދި ތިބާއަށް އެއާގުޅޭ އެއްވެސް ޢިލްމެއް ލިބިފައިނުވާ އެއްޗެއް ތިމަންރަސްކަލާނގެއާ ބައިވެރިކުރުމަށް (ޝިރުކުކުރުމަށް) އެ ދެމީހުން މަސައްކަތްކޮށްފިނަމަ، އެމީހުންނަށް ކިޔަމަންނުވާށެވެ. އެހެނަސް، ދުނިޔޭގައި އެމީހުންނާ އެކުގައި އުޅުމުގައި ހެޔޮގޮތުގައި (އޯގާތެރިކަމާއެކު) އުޅޭށެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވި މީހުންގެ މަގަށް ތަބާވާށެވެ. އެއަށްފަހު، ތިޔަބައިމީހުން އެނބުރިދިއުންވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނަމެވެ.” [ލުޤްމާން ސޫރަތް: 15]
މި އާޔަތްތަކުން އެނގިގެންދަނީ މައިންބަފައިންނަށް އިޙްތިރާމްކުރުމަށާއި، އަޅުގަނޑުމެންނަށްޓަކައި އެބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީތަކާއި ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް އެންމެ ހެޔޮގޮތުގައި ޚިދުމަތްކުރަން ޖެހޭނެކަމެވެ. އެބޭފުޅުންނަކީ މުސްލިމުން ކަމުގައިވީނަމަވެސް ނުވަތަ ނޫންކަމުގައިވީނަމަވެސް، މި ވާޖިބު އަދާކުރަންޖެހެއެވެ.
މައިންބަފައިންނަށާއި ބައްދަލުވާ ކޮންމެ މީހަކަށްމެ ހެޔޮކޮށް ހިތާށެވެ.
މައިންބަފައިންނަށް މާތްކޮށް ހިތާށެވެ. އަދި އޯގާތެރިކަމާއި މަޑުމޮޅިކަމާއެކު އެދެމީހުންނާ މުޢާމަލާތްކުރާށެވެ.
މަޞްދަރު: އިސްލާމްވެބް. (2019). އިންގްރެޓިޓިއުޑް ޓުވާޑްސް ޕޭރެންޓްސް. ނެގީ https://www.islamweb.net/en/article/245503/ingratitude-towards-parents އިން.
ކޮމެންޓް (0)
ލޯޑް ކުރަމުން...