ޚަބަރު ގައުމުގެ މިނިވަންކަމާއި ސިޔާދަތު އޮތީ އިސްލާމްދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ ތެރޭގައި: ރައީސް މުއިއްޒު

ގައުމުގެ މިނިވަންކަމާއި ސިޔާދަތު އޮތީ އިސްލާމްދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ ތެރޭގައި: ރައީސް މުއިއްޒު

ގައުމުގެ މިނިވަންކަމާއި ސިޔާދަތު އޮތީ އިސްލާމްދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ ތެރޭގައި: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ގައުމު މިހާ ހިސާބަށް ދެމިގެން އައިސްފައިވަނީ މާތްވެގެންވާ އިސްލާމްދީން ގެނެސްދިން ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

.އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ދީނުން ލިބޭ ރައްކާތެރިކަން ފުރިހަމަ ގޮތުގައި ހޯދޭނީ ހިތުގެ އީމާންކަން ވަރުގަދަކޮށް، މާތް ﷲ ގެ ގަޟާގަދަރަށް ފުރިހަމައަށް އީމާންވެގެންނެވެ. ނަފްސުތައް ތޯހިރުކޮށް ހެޔޮ މަގުގައި ސާބިތުވެ ތިބެ ކޮންމެ ފަރުދަކުވެސް އިސްލާމީ ދިރިއުޅުމެއް ޚިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ގައުމީ ތަރައްގީގައި ދީނީ މުސްތަގުބަލު ބައްޓަންކުރަން ފަށަންވާނީ ކޮންމެ ފަރުދެއްގެ ހިސާބުން ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދު ހާސިލުވާ ގޮތަށް ކަންކަން ތަންފީޒުކުރުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތުގެ މައި ޖަވާހިރަކީ އިސްލާމްދީން ކަމަށެވެ. އެގޮތުން އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީވެސް ދީން ސަލާމަތްކުރުމުގެ ރޫހާނީ ބިންގަލުގެ މަތީގައި ކުރެވުނު ކަމެއްކަން ފާހަގަކުރައްވައި، ސައްތައިން ސައްތަ އިސްލާމީ ވަޙުދަތާއި ސަގާފީ ސިޔާދަތު އޮތުމުގެ ސަބަބުން ކާބަފައިން ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވިކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނަކީ އިންސާނާގެ ވިސްނުން ހެޔޮގޮތުގައި ބައްޓަންކޮށް، އިލްމު ހޯދުމަށާއި ބުރަކޮށް މަސައްކަތްކޮށް އުފެއްދުންތެރި ބަޔަކަށް ވުމަށް ބާރުއަޅާ ޝާމިލު ދީނެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެ ޚާރިޖީ ގުޅުންތަކާއި، ފުދުންތެރި އިގުތިސާދާއި، ޒަކާތާއި ވަގުފު ފަދަ މާލީ އަދުލުވެރި ނިޒާމުތައް ބިނާވެފައިވަނީވެސް އިސްލާމްދީނުގެ މާތް ހަމަތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.