ޚަބަރު ޤައުމުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ އަސާސްތައް ވަރުގަދަކުރަންޖެހޭ: ޚުތުބާ

ޤައުމުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ އަސާސްތައް ވަރުގަދަކުރަންޖެހޭ: ޚުތުބާ

ޤައުމުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ އަސާސްތައް ވަރުގަދަކުރަންޖެހޭ: ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތް ލިބި، އެ ނޫރުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަ ސަތޭކަ އަހަރު ފުރިފައިވާ މި ދަނޑިވަޅުގައި، ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ބިންގަލަކީ އިސްލާމްދީން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“އިސްލާމްދީނުގައި ސާބިތުވުން” މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މި ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ޖީލުތަކަށް މި ޤައުމުގެ ސުލްހަމަސަލަސްކަން ވާރުތަކޮށްދެވޭނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ.

މިކަން ޙާޞިލުކުރުމަށްޓަކައި ޤާނޫނީ، ސިޔާސީ، އަދި ތަޢުލީމީ ދާއިރާއިން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ޚާއްޞަކޮށް ޤަޟާއީ ނިޒާމާއި ޤާނޫނުތައް ބައްޓަންކުރަންޖެހެނީ އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ އަދި މާލީ ޙުކުމްތަކާ ފުރިހަމައަށް އެއްގޮވާފަދަ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށެވެ. މީގެ ސަބަބުން މުޖުތަމަޢުގެ އަދުލުއިންސާފު ޤާއިމުވެ، ދީނީ އަސްލުތަކަށް އެއްވެސް އުނިކަމެއް ނައިސް ދެމިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އިސްލާމީ ޢަޤީދާ ރައްކާތެރިކުރުމަށްޓަކައި ތަޢުލީމީ މަންހަޖުތައް އިތުރަށް ފުރިހަމަކޮށް، ޤުރުއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ޔުނިވަރސިޓީތަކުގެ ދާއިރާ ފުޅާކުރުމުގެ މުހިންމުކަން ވެސް މިއަދުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ހަމައެއާއެކު، ޙާފިޒުންނާއި ޤާބިލު އިމާމުން ބިނާކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ވަނީ ގޮވާލާފައެވެ.

މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަޚުލާޤީ މިންގަނޑުތަކަށް އަލިއަޅުވާލަމުން, ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރުމުގެ މަތިވެރި ސިފަ ދެމެހެއްޓުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ހަރުކަށި ފިކުރުތަކާއި، ޙުއްޖަތެއް ނެތި މީހުން ކާފަރުކުރުމުގެ ނުރައްކާތަކުންނާއި ޓެރަރިޒަމުން މުޖުތަމަޢު ސަލާމަތްކުރުމަށް ލުއިފަސޭހަ ޙިކުމަތްތެރި ގޮތްތައް އިޚްތިޔާރުކުރަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ވާރުތަކޮށްދިނުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އޮތީ ޢާއިލާތަކުގެ މައްޗަށް ކަމަށްވާއިރު، ކޮންމެ މައިންބަފައިަކުވެސް ދަރިންނަށް ރަނގަޅު ތަރުބިޔަތާއި، ޞައްޙަ ޢަޤީދާއާއި، ނަމާދަށް އަހުލުވެރިކުރުވުން މުހިންމު ކަމަށް ޚުތުބާ ނިންމަވާލަމުން ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.