ޚަބަރު ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފި

ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފި

ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ނުވަ މީހަކު އަތުލައިގަތުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި މީހުން އަތުލައިގަނެފައިވަނީ މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގައި ހުރި ގެސްޓްހައުސްއެއް ބަލައިފާސްކުރުމުގެ ތެރޭގައިަކަމަށް ފުލުހުން ބުންޏެވެ.

އެ ގެސްޓްހައުސް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 46 އަހަރާ ދެމެދުގެ ބަންގްލަދޭޝް ފިރިހެނުންނެވެ. އެއީ ތޯހިދުލް އިސްލާމް (35އ)، މޮނީރް ބެޕާރީ (37އ)، ޖަކިރް މުންޝި (46އ)، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)، އެމް.ޑީ އުސްމާން (23އ)، މޮހައްމަދު ބަބްލޫ އަލީ (34އ)، އެމް.ޑީ ރައިހާން (32އ)، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ.

މި މައްސަލައާ ގުޅިގެން ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެ ނުވަ މީހުންވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންކަމަށް ވެސް އި އިދާރާއިން ބުންޏެވެ.

ޓެގް

މަސްތުވާތަކެތި ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.