ޚަބަރު ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވާން ޗައިނާ އޮތީ ތައްޔާރަށް : ވަޒީރު ސައީދު

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވާން ޗައިނާ އޮތީ ތައްޔާރަށް : ވަޒީރު ސައީދު

ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވާން ޗައިނާ އޮތީ ތައްޔާރަށް : ވަޒީރު ސައީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރު އޮތީ ތައްޔާރަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ޗައިނާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރ ލިއު ޝިއޯމިންއާއެކު ބޭއްވެވި މުހިންމު މަޝްވަރާ ބައްދަލުވުމަށްފަހުއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ މެދު ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެޤައުމުގެ ދެމެދުގައި ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ފުރިހަމަ ފައިދާ ދެޤައުމަށް ލިބޭނެ ގޮތްތަކާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ފުރމާނަ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަން ޢަމަލީގޮތުން ކުރިއަށްގެންދިއުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން ރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުން އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ވަޒީރު ސަޢީދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވާން ތައްޔާރަށް އޮތްކަން ހާމަކޮށްފި

ޓެގް

މިނިސްޓަރ ސައީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.