ޚަބަރު ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް މަޖިލީހުން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުރިން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރާ ގޮތަށް ގެނެވުނު މި އިސްލާހު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓާއެކުއެވެ.

އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭނެއެވެ.

މީގެއިތުރުން ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި ބޭރު ފައިސާއިން 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ކުންފުނިތަކުންވެސް 40 އިންސައްތަ މާރުކުރަންޖެހޭއިރު، 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަންތަނުން މާރުކުރަންޖެހޭނީ އާމްދަނީގެ 7 އިންސައްތައެވެ.

މި ގާނޫނާ ހިލާފަށް ކަޅުބަޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދަ ކަންކަން އިޝްތިހާރުކޮށް ޚަބަރު ފެތުރުން ހުއްޓުވުމަށްޓަކައި 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ މާއްދާއެއްވެސް ވަނީ ހިމަނާފައެވެ.


ޓެގް

ފަތުރުވެރިކަން މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.