ޚަބަރު އޯޓީޕީ ކޯޑު އަތުލައިގެން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

އޯޓީޕީ ކޯޑު އަތުލައިގެން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

އޯޓީޕީ ކޯޑު އަތުލައިގެން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޯޓީޕީ ކޯޑު ހިއްސާކުރުވައިގެން މީހެއްގެ އެކައުންޓުން 92,000 ރުފިޔާ އަތުލައިގަތް މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް، އުމުރުން 23 އަހަރުގެ މުޙައްމަދު ފަޒީލާއި، ގދ. ފިޔޯރީ، ފައިންބީޗު، އުމުރުން 23 އަހަރުގެ އަބްޝަރު ރަޝީދުއެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ސްކޭމް ހިންގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އެކައުންޓުގެ އޯޓީޕީ ކޯޑު ހިއްސާކުރުވައިގެން ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައިގެންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މި ތަހުގީގުގެ ތެރެއިން ފައިސާ ޖަމާކުރި އެކައުންޓުގެ ވެރިފަރާތުގެ އިތުރުން އެކަމުގައި ބައިވެރިވި އަނެއް މީހާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑުގެ އިތުރުން ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފައިސާގެ މުއާމަލާތްތައް ހިންގާއިރު މުއާމަލާތް ކުރާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.