ކުޅިވަރު ވޯލްޑް ކަޕް ފައިނަލުގެ ހަމަނުޖެހުމަށް ފަހު ފީފާއިން އާޖެންޓީނާއާއި ކުޅުންތެރިންނަށް ބޮޑެތި އަދަބުތަކެއް ދީފި

ވޯލްޑް ކަޕް ފައިނަލުގެ ހަމަނުޖެހުމަށް ފަހު ފީފާއިން އާޖެންޓީނާއާއި ކުޅުންތެރިންނަށް ބޮޑެތި އަދަބުތަކެއް ދީފި

ވޯލްޑް ކަޕް ފައިނަލުގެ ހަމަނުޖެހުމަށް ފަހު ފީފާއިން އާޖެންޓީނާއާއި ކުޅުންތެރިންނަށް ބޮޑެތި އަދަބުތަކެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު ދަނޑުމަތީގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން، އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނާއި އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗު ނިމުމާއެކު ހިނގި މި ހަމަނުޖެހުމުގައި، ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދިން އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް ވަނީ 10 މެޗަށް ސަސްޕެންޑްކޮށް، 90،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން އާޖެންޓީނާގެ ނަހުއެލް މޮލީނާ ހަތް މެޗަށް، އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ ތިން މެޗަށް، އަދި ތިއާގޯ އަލްމާޑާ އެއް މެޗަށް ސަސްޕެންޑްކޮށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކޮށްފައެވެ. އަދި ހަމަނުޖެހުމުގައި ބައިވެރިވި ސްޕެއިންގެ ގަވީއަށްވެސް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް އައިސްފައެވެ.

މުޅި އާޖެންޓީނާ އެފްއޭ 321،000 ޑޮލަރުން ޖޫރިމަނާކުރިއިރު، އޭގެ ތެރެއިން 100،000 ޑޮލަރު ހަރަދުކުރަން ނިންމާފައިވަނީ ނަސްލީ ތަފާތުކުރުން ނައްތާލުމުގެ މަސައްކަތްތަކަށެވެ. އަދި އާޖެންޓީނާއިން ދެން ކުޅޭ ފީފާގެ ރަސްމީ ދެ މެޗެއްގައި ސަޕޯޓަރުންނަށް ދަނޑަށް ވެއްދޭނީ އެންމެ 50 ޕަސެންޓް ޖާގައެވެ.

މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމަށާއި، އެއިން ކާމިޔާބު ނުވެއްޖެނަމަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހެޅުމަށް ނިންމާފައެވެ.


ޓެގް

ވޯލްޑް ކަޕް 2026

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.