ޚަބަރު ކެނދިކުޅުދޫގައި މެރިކަލްޗަރ ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ކައުންސިލާ މަޝްވަރާކުރައްވައިފި

ކެނދިކުޅުދޫގައި މެރިކަލްޗަރ ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ކައުންސިލާ މަޝްވަރާކުރައްވައިފި

ކެނދިކުޅުދޫގައި މެރިކަލްޗަރ ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ކައުންސިލާ މަޝްވަރާކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ކެނދިކުޅުދޫގައި މެރިކަލްޗަރގެ ސިނާޢަތާއި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އެ ރަށު ކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއިން ބުނިގޮތުގައި މި ބައްދަލުވުމުގައި ކެނދިކުޅުދޫގައި މެރިކަލްޗަރ ވިޔަފާރިތައް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން، އެ ރަށުގައި ޤާއިމުކުރާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ވަނީ ޙިއްޞާކުރައްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދެވެން ހުރި ކަންކަމާމެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ރާއްޖޭގައި މެރިކަލްޗަރ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ 5 ސަރަޙައްދުގެ ތެރެއިން މީހުން ބިނާކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންކަމަށާއި، އަދި މިގޮތުން މިހާތަނަށް ހިންގި 6 ތަމްރީނު ޕްރޮގްރާމަކުން 76 މީހަކު ވަނީ މި ދާއިރާއިން ތަމްރީނުކޮށްފައިވާކަމަށް އެ ވުޒާރާޢިން ބުންޏެވެ.

ޓެގް

ދަނޑުވެރިކަން ކެނދިކުޅުދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.