މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފައެވެ.
އެ ފިރިހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީރާ އޮފީސް ފަޅާލުމުގެ ކުރިން, އެމީހާ ވަނީ މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން ވެސް ވައްކަންކޮށްފައެވެ.
އެމީހާއަކީ 2014 އިން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ހުކުމެއް ތަންފީޒު ކުރަމުން އައި މީހެކެވެ. އޭގެ ފަހުން، އޭނާ ވަނީ މިނިވަންކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...