ހުކުރު ދުވަހު، އަންހެނުން ނުވަތަ ހުކުރަށް ނުދެވުނުމީހާ މެންދުރު ނަމާދު ކުރާނީ ކިނެއްތޯ؟
ސުވާލު:
ހުކުރު ދުވަހު އަންހެނުން ނުވަތަ ހުކުރަށް ނުދެވުނުމީހާ މެންދުރު ނަމާދު ކުރަންވާނީ ހުކުރުކޮށް ނިމުނީމަތޯ އަދި ހުތުބާ އަޑުއަހަން ޖެހޭނެތޯ؟
ޖަވާބު:
ހުކުރު ދުވަހު މެންދުރު ނަމާދު ކުރާމީހުން، ނުވަތަ ހުކުރު ނަމާދަށް އުޛުރުވެރިވާ މީހާ ހަމަ އެހެން ދުވަސްދުވަހު މެންދުރު ނަމާދު ކުރާ ބީދައިން ހުކުރު ދުވަހު މެންދުރު ނަމާދު ވަޤުތުވީމަ މެންދުރު ނަމާދު ކުރެވޭނެއެވެ.
ހުކުރު ނަމާދުކޮށް ނިމެންދެން ނުވަތަ ޚުޠުބާ ކިޔަން ފަށަންދެން މަޑުކުރާކަށް ނުޖެހޭނެއެވެ. އަދި ޚުޠުބާ އަޑުހަން މަޑުކުރާކަށްވެސް ނުޖެހޭނެއެވެ. ޚުޠުބާ ކިޔާ ވަގުތުގަވެސް މެންދުރު ނަމާދުކުރެވޭނެއެވެ.
ޖަވާބު ދެއްވީ:
✍️الشيخ محمد شافع


