ކުޅިވަރު ގެބްރިއެލް މާޓިނެލީގެ މޮޅު ކުޅުމާއެކު އާސެނަލްއަށް ފަސޭހަމޮޅެއް

ގެބްރިއެލް މާޓިނެލީގެ މޮޅު ކުޅުމާއެކު އާސެނަލްއަށް ފަސޭހަމޮޅެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން އާސެނަލް މޮޅުވި މެޗުގައި ބްރެޒިލްގެ ފޯވާޑް ގެބްރިއެލް މާޓިނެލީގެ މޮޅު ކުޅުމާއިއެކު އާސެނަލްއަށް ހިތްހަމަޖެހުމެއް ގެނެސްދީފިއެވެ.

ކޮވިޑް-19 ގެ ކޭސްތައް ކުޅުންތެރިންގެ މެދުގައި ބޮޑުވެފައިވާތީ ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު ހަމައެކަނި މެޗުގައި އާސެނަލް އިން ލީޑްސް ގެ މައްޗަށް ކުރި ހޯދިއިރު ފުރަތަމަ ހާފުގައި ލީޑްސް އަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ބްރޭކްގެ ތިން މިނެޓު ކުރިން ބުކާޔޯ ސަކާ އާސެނަލްއަށް ތިން ވަނަ ލަނޑެއް ޖަހައިދިންއިރު، ލީޑްސްގެ ހުރިހާ ދިމާލަކުން ވެސް މާޔޫސްކަން ފާޅުވެގެން ދިޔަ އެވެ.

އޭގެ 15 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރަފީނާ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިރު ލީޑްސްއިން ވަނީ ނަތީޖާ އަނބުރާލާނެ ކަމުގެ ބިރު ހީވެފައެވެ.

“އަހަރެން ވަރަށް އުފާވޭ ޕާފޯމަންސާއި އަހަރެމެންނަށް ލިބުނު ދުވަސްކޮޅާ އަޅާބަލާއިރު ކުޅުންތެރިންގެ ހިތްވަރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

“ލީޑްސްއާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް. ދެ ވަނަ ހާފުގައި ވެސް އެ ޓީމުން ދޫ ނުދީ ދިޔައީ . އަހަރެން ވަރަށް ހިތްހަމަޖެހޭ، މި މެޗުގައި ކުޅުމަކީ ފަސޭހަކަމެއް ނޫން. މީ އަބަދުވަސް އަހަރެން ބުނަމުން އައިވާހަކަ، ކޯޗް ބުންޏެވެ.
ރޭގެ މެޗަށް ފަހު 32 ޕޮއިންޓާއި އެކު ޓޭބަލްގެ 4 ވަނައަށް އާސަނަލް ވަނީ ޖެހިލައިފައެވެ. ލީޑްސް ޔުނައިޓެޑް އޮތީ 16 ޕޮއިންޓާއެކު ޓޭބަލްގެ 16 ވަނައިގައެވެ.

ޓެގް

ލީޑްސްޔުނައިޓެޑް އާސެނަލް ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.