ކޮޕާއެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގަޑިން ރޭ ފަތިހު 5.00 ގައި ކުޅެވުނު މެޗު 1-0 ލަނޑުން ޗިލީބަލިކޮށް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ އެންމެފަހު މުބާރާތުގެ ޗެމްޕިއަން ބުރެޒިލްއިން ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
ވަރުގަދަ ސްކޮޑަކާއިއެކު މުބާރާތުގައި ވާދަ ކުރަމުންގެންދާ ބުރެޒިލް އާއި ދެކޮޅަށް ނިކުތްއިރުވެސް ޗިލީގެ ގޭމް ޕްލޭނަކަށް ވެފައިއޮތީ ޑިފެސްކޮށް ކައުންޓް އެޓޭކު ކުރުމެވެ. މިގޮތުން ޗިލީގެ ކައުންޓް އެޓޭކުތަކުގައި އެޓީމުގެ ދެ ތަރިންކަމަށްވާ އަލެކްސިސް ސަންޗޭޒާއި، އާޓޫރޯ ވިޑާލު ވަނީ ބުރެޒިލްގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނީ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ޕަކޭޓާއެވެ.
ބުރެޒިލްގެ މި ލަނޑު ކާމިޔާބު ކުރިތާ ދެ މިނިޓްފަހުން ޗިލީގެ ފުލްބެކް މެނިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ބްރެޒިލްގެ ޖީސޫސް އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއި އެކުގައެވެ. މީގެ ފައިދާ ނެގުމަށް ޗިލީއިން ވަނީ ބުރެޒިލްގެ ގޯލަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިހުރިހާ ހަމަލާއެއް ވަނީ ބްރެޒިލްގެ ގޯލުގައި ހުރި ކީޕަރު އެޑަސަން މޮރާއެސް މަތަކޮށްފަ އެވެ.
ސެމީފައިނަލުގައި ބުރެޒިލް ބައްދަލުކުރާނީ ރޭ ޕެރެގުއޭ އާއި އެއްކޮށް ކުޅެ ޕެނަލްޓީ ޖަހައިގެން މޮޅުވި ޕެރޫ އާއިއެވެ. ބްރެޒިލް ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 4-0 އިން ޕެރޫ ބަލިކޮށްފަ އެވެ. ސެމީގެ މި މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...