ބީއެމްއެލްގެ ނަމުގައި ސްކޭމްތަކެއް، އަންނާތީ ސަމާލުވާން އެދިއްޖެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށެވެ. އަދި ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް މިފަދަ ލިންކުތަކެއް ނުފޮނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެކުރިން އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކެއް ފޮނުވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
، ފުލުހުން ވަނީ އެ އިދާރާއަށް ގުޅައިގެންނާއި އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ވެސް އެކަހަލަ މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް ބުނެފަ އެވެ.



ޢަހަރެންގެ ޙިތުގާއުފެދޭ ށޫވާލަކީ ޟިކަމަކީ ޜޭވިގެން ބީއެމްއެލް ތެރެއިން ކުރަަކަމެށް ޏުންބާވައޭ މިހާރު މިކަމާސުވާލުއުފައްދަންވެއްޖެ އަބަދުވެސް ބީއެމްއެލުން ޟިކަހަލައެއްޗެތި މިލިޔަނީ ބީއެމްއެލްނޫން ބޭންކުތަށްވެސް ރާއްޖޭގައެބަހުރި