ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ހުރި ފަންޑު ފޮށްޓެއް ވަގަށްނަގައިފި

ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ހުޅުމާލެ ހޮސްޕިޓަލުގައި ހުރި ފަންޑު ފޮށްޓެއް ވަގަށް ނަގައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ހުރި ފަންޑު ފޮށްޓެއް ވަގަށް ނަގާފައިވާ މައްސަލަ މިއަދު ހެނދުނު 6:30 ގައި ވަނީ ދިވެހި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.

މިމައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، ވަގަށް ނެގި ފަންޑު ފޮށްޓާއެކު 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަގަށް ނެގި ފަންޑު ފޮށީގައި ހުރީ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.

ރާއްޖޭގައި ވައްކަމާއި ފޭރުމުގެ މައްސަލަ ދަނީ ގިނަ ވަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއި މިދިޔަ ސެޕްޓެމްބަރު މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. މިދިޔަމަހު އެކަނިވެސް ވައްކަމުގެ 315 މައްސަލައަށް ފުލުހަށް ހުށަހަޅާފައި ވެއެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިޖީއެމްއެޗުގެ މައި ގޭޓުގެ ރިސެޕްޝަން ކައިރީގައި ބަހައްޓާފައި ހުރި ފަންޑު ފޮށްޓެއްވެސް ވަގަށް ނެގިއެވެ.

ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ހޮސްޕިޓަލްތަކުން ފަންޑު ފޮށިތައް ވަގަށް ނަގައިގެން ގެންދާ ގޮތެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ އަހަރު ސަރުކާރުގެ މައި ހޮސްޕިޓަލުގެ މައި ގޭޓު ކައިރީގައި ހުރި ފަންޑު ފޮށި ގެންދިޔަ މަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަކުން ވެސް ނުފެންނަ ކަމަށް ވެއެވެ.

“ހެލްތު ޓްރަސްޓް ފަންޑު” އަށް ފައިސާ ހޯދުމަށް ސަރުކާރުގެ ހޮސްޕިޓަލުތަކުގެ އެކި ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާފައި ހުރެއެވެ. ނަމަވެސް، އެފަންޑު ފޮށިތަކުގެ ރައްކާތެރިކަމާމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close