ޚަބަރު

މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 25 އިންސައްތަ ދަށަށް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 25 އިންސައްތަ ދަށަށް ގޮސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 1 އިން 13 އަށް ރާއްޖެއަށް ޒިޔާރަތްކުރީ 67،648 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 90،958 ފަތުރުވެރިންނާ އަޅާބަލާއިރު 25.6 އިންސައްތައިގެ ދަށްވުމެކެވެ. މިއާއެކު، އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރަށްވުރެ 2.1 އިންސައްތަ ދަށްވެފައެވެ.

ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވެއެވެ.

ނަމަވެސް، މިހާރު ބައެއް އެއާލައިންތަކުން އަލުން ދަތުރުތައް ފަށާފައިވީ ނަމަވެސް، އަދިވެސް ބައެއް މުހިއްމު އެއާލައިންތަކުގެ ދަތުރުތައް މެދުކެނޑިފައި އޮތުމަކީ ފަތުރުވެރިންގެ އަދަދު މަދުވުމަށް ދިމާވި ސަބަބެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close