ޚަބަރު

ނާޒިމަށް އިއްވި ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ޢިއުތިރާފުވި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް މާބޮޑު ކަމަށް ފެންނާތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް އިޢުތިރާފުވުމުން ނާޒިމަށް އިއްވީ 03 މަހާއި 26 ދުވަހަށް ގޭބަންދު ކުރުމުގެ ޙުކުމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ އެ ޙުކުމާމެދު ހިތްހަމަ ނުޖެހޭތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމާކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ވަނީ ވިދާޅުވެފައެވެ.

އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ފުލުސް އޮފިސަރު ޢަބްދުއްރަޙްމާންގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލު ޙުކުމެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ ޙުކުމް ވެސް އިސްތިއުނާފުކުރަން ނިންމައިފައެވެ.

ޝަފީޢު ވިދާޅުވީ އެ މައްސަލަ މި ހަފުތާތެރޭގައި ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close