ނިއުޒިލެންޑް ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޑ.ރ އައިޝާ ވެރާލް
ޑރ. އައިޝާ ވެރާލް އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕަ އަކަށް އުފަން ބޭފުޅެކެވެ. އަދި ދެ ގައުމުގެ ޑުއަލް ސިޓިޒަން އެކެވެ. ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުން ހޭދަކުރައްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެއެވެ.
ނިއުޒިލެންޑްގެ ބޮޑުވަޒީރު ތަމްސީލުކުރައްވާ ލޭބާ ޕާޓީގެ ފަރާތުން އެ ގައުމުގެ ޕާލަމެންޓަށް ވާދަކުރައްވައި ދިވެހި އަންހެން ބޭފުޅަކު ގޮނޑިއެއް ކާމިޔާބުކުރައްވައިފި އެވެ
ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޑރ. އައިޝާ ވެރާލް އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރު އޭނާ ކާމިޔާބުކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑި އެވެ.
ސިންގަޕޫރާއި އިންޑޮނޭޝިއާއިން ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައި ޑރ. އައިޝާ މިހާރު މަސައްކަތް ކުރައްވަނީ ނިއުޒިލެންޑުގައި އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއްގެ ގޮތުގަ އެވެ. އޭނާ އަކީ ވެކްސިން، ޓީބީ އަދި ކޮވިޑް-19އަށް ވެސް ހާއްސަ ޑޮކްޓަރެކެވެ. މީގެ އިތުރަށް އޭނާ ގެންދަވަނީ އޮޓާގޯ ޔުނިވާސިޓީގައި ލެކްޗަރާ ކަން ވެސް ކުރައްވަމުންނެވެ.



ދިވެހިރާއްޖޭގެދީނަކީއިސްލާމްދީންތިމީހާމުސްލިމެއް.ނޫންކަމައްއަ
މިއްލައަކައްއެބުނަނީ