ޚަބަރު

ރައީސް މައުމޫނު ކޮވިޑްގެ އާލާސްކަންފުޅުން ފަސޭހަފުޅުވެއްޖެ

ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމް ކޮވިޑްގެ އާލާސްކަންފުޅުން ފަސޭހަފުޅުވެއްޖެއެވެ.

ކޮވިޑް-19ގެ އާލާސްކަންފުޅު މުޅިން ފަސޭހަފުޅުވެ އެމަނިކުފާނުވަނީ މިހާރު ހޮސްޕިޓަލުން ގެކޮޅަށްވަޑައިގެންފިއެވެ.

އާލާސްކަންފުޅުން ފަސޭހަފުޅުވިކަން ހާމަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެކޮޅަށް ވަޑައިންފައިވާ ކަމަށާއ، ހާލުކޮޅު ރަނގަޅު ކަމަށެވެ.

ރައީސް މައުމޫނުވަނީ އެކިއެކި ބަލިތައް ތަޙަންމަލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ހުސްވި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close