ޚަބަރުކުޅިވަރު

ޔޫރޯ 2024: ފްރާންސް ކުއާޓަރ ފައިނަލަށް – ބެލްޖިއަމްގެ ރަން ޖީލުގެ ދަތުރު ނިމުމަކަށް

ޔޫރޯ 2024ގެ ގަދަ 16ގެ މަރުހަލާގައި ބެލްޖިއަމް އާއި ފްރާންސް ބައްދަލުކުރި މެޗުގައި، ބައިކޮޅަށް ވަން ގޯލަކުން ފްރާންސް ވަނީ ބެލްޖިއަމް ކަޓުވައިލައިފައެވެ.

މި މެޗުގައި ޖެހުނު ހަމައެކަނި ގޯލަކީ މެޗުގެ 85 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި، ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗަކީ ބެލްޖިއަމްގެ ރަން ޖީލުގެ ބާކީ ތިބި ކުޅުންތެރިންނަށް ހިތްދަތި މެޗަކަށް ވެފައިވާއިރު، ފަހަރުގައި މިއީ ޔޫރޯ މުބާރާތެއްގައި އެ މީހުން ކުޅޭނެ އެންމެ ފަހު މެޗަށް ވެސް ވެދާނެ ކަމަށް ބެލެވެއެވެ.

ޔޫރޯ 2024ގެ ގަދަ 16އަށް ބެލްޖިއަމް އާއި ފްރާންސް ދަތުރުކުރީ ދެ ޓީމު ނިސްބަތްވި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު އަދި ދެވަނަ ހާފުގެ ގިނަ ވަގުތު ވެސް ހޭދަވެގެން ދިޔައީ ލަނޑެއް ނުޖެހިއެވެ.

މި މެޗުން މޮޅުވެ، ފްރާންސް ވަނީ ޔޫރޯ 2024ގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެންނަމަވެސް، ބެލްޖިއަމްގެ ދަތުރު މި ހިސާބުން ނިމުމަކަށް އައިސްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close