ޚަބަރު

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ގިނައަދަދެއްގެ ޕާޓީ ޑްރަގް އަތުލައިގެންފި

ޕޯސްޓުން ގެނައި ޕާރުސަލެއްގެ ތެރެއަށް ލައިގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 13 މިލިޔަނެއްހާ ރުފިޔާގެ އަގުހުރި ޕާޓީ ޑްރަގްތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.

މިއަދު ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއާ މެދުވެރިކޮށް ގެނައި ޕާރުސަލްތަކެއް ޝައްކު ކުރެވިގެން ބެލިއިރު ޑްރަގް ފެނިފައިވާ ކަމަށެވެ.

ޖުމްލަ 3.359 ކިލޯގެ ޑްރަގް ފެނިފައިވާއިރު، ޑްރަގް ފެނިފައިވަނީ، މާޗު އެއް ވަނަ ދުވަހު ބަލައި ފާސް ކުރި ޕާރުސަލަކުންނާއި މާޗު ހަ ވަނަ ދުވަހު ބަލައި ފާސް ކުރި ޕާރުސަލަކުންނެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މާޗު އެއް ވަނަ ދުވަހު ގެނައި ޕާރުސަލުން ފެނުނީ 546 ގްރާމް އެމްޑީއެމްއޭ އާއި 585 ގްރާމްގެ މެފްޑްރޯން ކަމަށެވެ. އަދި މާޗު ހަ ވަނަ ދުވަހު ގެނައި ޕާރުސަލުން ފެނުނީ 2.228 ކިލޯގެ ކޮކެއިން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close