ޚަބަރު ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ ތެރެއިން ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ބްރައިލްގެ އެހީގައި ޤްރުއާން ކިޔަވަން ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރޭ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައޮތް ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާހް ކުރި މިޕްރޮގްރާމަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވާދިނުމާބެހޭގޮތުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލްޤާރީ އަޙުމަދު ރަޝީދު ވިދާޅުވީ، މި ސަރުކާރަށް މިވީ ކުޑަދުވަސްކޮޅުގެތެރޭގައި ޤުރުއާން ކިޔެވޭނެ މުޤައްރަރެއް ތައްޔާރުކުރުމަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަވެގެންދިޔަ ކަމެއްކަމަށެވެ. އަޙުމަދު ރަޝީދުވަނީ މިއަހަރުގެ ޖަނަވަރީ މަހުންފެށިގެން ދިވެހި ބްރައިލް އެޕެއްގެ ޒަރިއްޔާއިން ލިބޭނެ އިންތިޒާމުހަމަޖެހިގެން ދިއުމަކީ ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.

“ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އާދެ 6 ހަފްތާގެތެރޭގައި ހިތުދަސް ނޫނަސް ކޮންމެ ހިސާބަކުންވެސް ބަލައިގެން ކިޔެވޭވަރު ކޮށްދެވޭނެ. ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ތިން ގޮތަކަށް ކިޔައިދެވޭއިރު އެންމެ ޒަމާނީގޮތަކީ ލަކްސްބަރީ ޓްރާންސްލޭޓް އެޕް. މި އެޕް މެދުވެރިކޮށް ބައިގަޑިއިރެއްހާއިރު ތެރޭ އަކުރުތަށް އެމްބޯސްކޮށް ޕްރިންޓްކުރެވޭނެ އިންތިޒާމު ހަމަޖެހޭ. މިދިޔަ ޖަނަވަރީ މަހުން ފެށިގެން މި އެޕްގައި ދިވެހި ބްރައުލްވެސްވަނީ ހިމަނާފައި.” އަލްޤާރީ އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ބްރައިލް އަކީ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ކިޔުމަށް ބޭނުންކުރާ ވަސީލަތެކެވެ.

މި ޕްރޮގްރާމަކީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މަޢުލޫމާތު ދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.