ޚަބަރު އިޤްތިޞާދީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދޭ، ޤައުމަށް ގެއްލުންވާ ވާހަކަ ނުދެއްކުމަށް ވަޒީރު ސަޢީދު ގޮވާލައްވައިފި

އިޤްތިޞާދީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދޭ، ޤައުމަށް ގެއްލުންވާ ވާހަކަ ނުދެއްކުމަށް ވަޒީރު ސަޢީދު ގޮވާލައްވައިފި

އިޤްތިޞާދީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދޭ، ޤައުމަށް ގެއްލުންވާ ވާހަކަ ނުދެއްކުމަށް ވަޒީރު ސަޢީދު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ. އަދި ޤައުމުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ލޮޅުން އަރާ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ނޭދެވޭ ވާހަކަތައް ވަޒީރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މީސް މީޑިޔާ މެދުވެރިކުރައަްވާ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ނުކުރުމަށާއި ފަތުރުވެރިން ނައުމަށް ބާރުއަޅައި ބޭރުގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭންތަކުގެ ގެއްލުން ސީދާ ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ޑިމޮކްރެޓިކް ޤައުމެއްގައި އިދިކޮޅު ފަރާތްތަކުން މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ނުހިންގާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަރަނިތައް އަދާކުރުމަށްފަހު، ކާޑާއި ތެލާއި ގޭސް ފަދަ ޒަރޫރީ މުދާ ގަތުމުގެ ތަނަވަސްކަން ދައުލަތުގައި ނެތްކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އެއްވެސް އަސާސީ އެއްޗެއް މާކެޓުން ހުސްނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ ވިޔަފާރީގެ އިތުބާރު ގެއްލުވާލައި، ބިރުވެރިކަން އުފެއްދުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބޭރުގެ ދަރަނިތައް ދެއްކުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ދަށުން ޗައިނާ ސަރުކާރާއި އަބޫދާބީ ފަންޑުގެ އިތުރުން ސޮވްރިންގ ގެރެންޓީ ދީފައިވާ ބައެއް ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތުތައް ފަސްކޮށް، މާލީ ބުރަ ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.

ޓެގް

މިނިސްޓަރ ސައީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.