ޚަބަރު މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމަށް ގޮވާލައި، ހޫތީންގެ ޙަމަލާތައް ހުކުރު ޚުތުބާގައި ކުށްވެރިކޮށްފި

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމަށް ގޮވާލައި، ހޫތީންގެ ޙަމަލާތައް ހުކުރު ޚުތުބާގައި ކުށްވެރިކޮށްފި

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވުމަށް ގޮވާލައި، ހޫތީންގެ ޙަމަލާތައް ހުކުރު ޚުތުބާގައި ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލީ މުޢާމަލާތްތަކާއި ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއް ކަމަށާއި، އިސްރާފުކުރުމަކީ އަތްމަތި ދަތިވެ ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއް ކަމުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނެފިއެވެ. ހަމައެއާއެކު، މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެ މުޤައްދަސް ބިންތަކުގެ ޙިމާޔަތަށް އެދި މިއަދުގެ ޚުތުބާގައި ވަނީ ދުޢާކޮށްފައެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭއިރު، އެއީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އެހެންކަމުން ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި ބަރަކާތްލައްވައި މުދާ ރައްކާތެރިކުރައްވާނެ ސަބަބެއް ކަމަށާއި، އިސްރާފުކުރުމާއި ދަހިވެތިވުމުން ދުރުވެ އިޤުތިޞާދުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމާއި، ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.

ޚުތުބާ ނިންމާލަމުން ވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވާފައިވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ދެ ރަށަކީ ޤިޔާމަތާހަމައަށް މުޤައްދަސު ދެ ރަށް ކަމަށާއި، އެއިން ތަނަކަށް ޙަމަލާއެއްދިނުމަކީ މުސްލިމުންގެ ހިތްތައް ކުދިކުދިވެދާވަރުގެ ކަމެއްކަން ފާހަގަކޮށް، އެ ތަންތަން ޙިމާޔަތްކުރެއްވުމަށާއި އަރައިގަންނަން މަސައްކަތްކުރާ ފަރާތްތައް ނިކަމެތިކުރެއްވުން އެދި ދުޢާކޮށްފައިވެއެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.