ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ރޭސިން ޑި ސަންޓަންޑޭ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.
މި މޮޅާއެކު ބާސާ އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާއެކު ސައްތައިން ސައްތަ ރެކޯޑެއްގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.
ކޭމްޕް ނައުގައި ކުޅުނު މި މެޗުގައި ބާސާގެ ކެޕްޓަން ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑުގެ އިތުރުން ލީގުގައި ޖެހި 9 ވަނަ ގޯލެވެ. މީގެ އިތުރުން ޖޮއާއޯ ކަންސެލޯ ދެ ލަނޑު ޖެހިއިރު، ބަދަލު ކުޅުންތެރިޔާ ގަބްރިއެލް ޖީސޫސް އަދި ޒުވާން ތަރި ލަމީން ޔަމާލް ވެސް ވަނީ ބާސާއަށް ލަނޑު ޖަހައިދީފައެވެ.
ރޭސިންގެ ދެ ލަނޑު މަގެޓަ ގޭއި އަދި ޔާސިރު ޒަބީރީ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ފަހުކޮޅު ޔަމާލް ފޮނުވާލި ޕެނަލްޓީއެއް އެ ޓީމުގެ ކީޕަރު ޖުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...