ޚަބަރު ތައިލެންޑަށް ދާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

ތައިލެންޑަށް ދާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

ތައިލެންޑަށް ދާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތައިލެންޑުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާއެކު، އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރަސްމީކޮށް ގެޒެޓްކޮށްފައިވާ މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވާތީ، އެ ތާރީޚުން ފެށިގެން ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް އެއްވެސް ވިސާއަކާ ނުލައި މަހެއްގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެއެވެ.

މި ބަދަލަކީ މިއަހަރުގެ މެއި މަހު ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން، ރާއްޖެއިން ކުރި މަސައްކަތުގެ ނަތީޖާއެކެވެ. އެ ފަހަރު އާންމުކުރި ލިސްޓުގައި ރާއްޖެ ހިމެނުނީ ވިސާއާ ނުލައި 15 ދުވަހު ތިބެވޭ ގައުމުތަކުގެ ތެރޭގައެވެ.

އެއާއެކު ޖޫން މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ދޭ މުއްދަތު އިތުރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ދެ ވަޒީރުންގެ މެދުގައި ދެކެވުނު ވާހަކަތަކަށްފަހު ޖުލައި 14 ގައި ވިސާ ޕޮލިސީ އަލުން މުރާޖާކޮށް އާންމުކުރިއިރު، ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު ވަނީ 15 ދުވަހުން 30 ދުވަހަށް ބަދަލުކޮށްދީފައެވެ.

ޓެގް

ފޮރިންމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.