ޚަބަރު ދައުލަތުގެ ޚަރަދުތަކަށް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސުން އިޢުލާނުކޮށްފި

ދައުލަތުގެ ޚަރަދުތަކަށް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސުން އިޢުލާނުކޮށްފި

ދައުލަތުގެ ޚަރަދުތަކަށް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސުން އިޢުލާނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމާއި ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމުގައި، ޖުމްލަ 645 މިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށްޓަކައި ދިވެހި ރުފިޔާއިން ދޫކުރާ މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ އިންޓްރެސްޓް ރޭޓެއްގައެވެ.

މިފަހަރު ވިއްކުމަށް އިޢުލާނުކުރި ޓީ-ބިލްތަކުގެ ތެރޭގައި ހިމެނެނީ އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށް މުއްދަތު ހަމަވާ 265 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، މިއަހަރުގެ ޑިސެމްބަރު 14 އަށް އަނބުރާ ދައްކާ ގޮތަށް ދޫކުރާ 50 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.

މީގެއިތުރުން އަންނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހަށް މުއްދަތު ހަމަވާ 247 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން، އަންނަ އަހަރުގެ ސެޕްޓެމްބަރު 6 ވަނަ ދުވަހަށް އަނބުރާ ދައްކާ ގޮތަށް ވިއްކާ 83.4 މިލިއަން ރުފިޔާގެ ޓީ-ބިލް މީގެ ތެރޭގައި ހިމެނެއެވެ.

ޑިސްކައުންޓް ރޭޓުގައި ވިއްކުމަށްފަހު މުއްދަތު ހަމަވުމުން މޫނުމަތީ އަގު (ފޭސް ވެލިއު) އަނބުރާ ދައްކާ އުސޫލުން ދޫކުރާ މި ސެކިއުރިޓީޒްތައް އާންމުކޮށް ގަންނަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އޮފީހާއި، ވިޔަފާރި ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ވިޔަފާރިތަކުންނެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.