ބޭރުދުނިޔެ ބަންދުވި ކޯރުތައް ފަޅައިގެން ގޮސް، އަނެއްކާވެސް ނުރައްކާތެރި ފެންބޮޑުވުމެއްގެ އިންޒާރު

ބަންދުވި ކޯރުތައް ފަޅައިގެން ގޮސް، އަނެއްކާވެސް ނުރައްކާތެރި ފެންބޮޑުވުމެއްގެ އިންޒާރު

ބަންދުވި ކޯރުތައް ފަޅައިގެން ގޮސް، އަނެއްކާވެސް ނުރައްކާތެރި ފެންބޮޑުވުމެއްގެ އިންޒާރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހިމާލިޔާ ފަރުބަދަމަތީގެ ސަރަހައްދަކަށް ގްލޭޝިއާއެއް ވެއްޓި، ކޯރުތައް ބަންދުވުމުގެ ސަބަބުން އުފެދިފައިވާ ބޮޑެތި ފެންގަނޑުތައް ފަޅައިގެން ގޮސް އަނެއްކާވެސް ބޮޑު ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު ނޭޕާލާއި ޗައިނާގެ ކަމާބެހޭ އިދާރާތަކުން ދީފިއެވެ.

ނޭޕާލާއި ޗައިނާގެ ތިބަތު ގުޅޭ ބޯޑަރު ސަރަހައްދަށް ބުދަ ދުވަހު އައި ކުއްލި ފެންބޮޑުވުމުގައި މިހާތަނަށް 362 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 1،000 އެއްހާ މީހުން ވަނީ ގެއްލިފައެވެ. ކިސަޑާއި ބޮޑެތި ގާތަކުގެ އަޑީގައި ވާދީތައް ވަޅުލެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

ދެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މި ކާރިސާ ކުރިމަތިވީ ގްލޭޝިއާ ކަނޑައިގެން ގޮސް ކޯރުތަކަށް އެޅުނު ގަނޑުފެނާއި ކިސަޑުގެ ސަބަބުން އޮއިވަރު ބަންދުވެ، ބޯޑަރުގެ ދެފަރާތުގައި ވެސް ބޮޑެތި ޑޭމްތަކެއް ފަދައިން ފެން ޖަމާވުމުންނެވެ.

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ އެ ފެންގަނޑުތަކުގެ ލެވެލް ހަލުވިކަމާއެކު އުފުލެމުންދާތީ، ކޯރުގެ ތިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި ދަތުރުވެރިން އަދި ރެސްކިއު ޓީމުތައް ރައްކާތެރި އުސް ހިސާބުތަކަށް ބަދަލުވުމަށް އަންގާފައެވެ.

ޗައިނާގެ ވޯޓާ ރިސޯސަސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި 3 މިލިއަން ކިއުބިކް މީޓަރުގެ ފެން މި ފެންގަނޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ސެޕްޓެމްބަރު 1 އާ ހަމައަށް މި ނުރައްކާ އިންތިހާއަށް ބޮޑުވެގެންދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ފެންގަނޑު ފަޅައިގެން ގޮސް ދެވަނަ ފަހަރަށް ފެންބޮޑުވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، ނޭޕާލުގެ ކޯރުގެ އައްސޭރިފަށުގައި ހަރަކާތްތެރިވަމުންދިޔަ ރެސްކިއު ޓީމުތަކުން މިހާރު ވަނީ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައި ރައްކާތެރި ސަރަހައްދުތަކަށް ޖެހިފައެވެ.

ޓެގް

ނޭޕާލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.