ބޭރުދުނިޔެ ނޭޕާލް ފެންބޮޑުވުން: މަރުވި އަންހެނެއްގެ ހަށިގަނޑުން ގަހަނާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

ނޭޕާލް ފެންބޮޑުވުން: މަރުވި އަންހެނެއްގެ ހަށިގަނޑުން ގަހަނާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

ނޭޕާލް ފެންބޮޑުވުން: މަރުވި އަންހެނެއްގެ ހަށިގަނޑުން ގަހަނާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި މަރުވެ، ކޯރުގެ އޮޔާދިޔަ އަންހެނެއްގެ ހަށިގަނޑުން ރަން ގަހަނާތައް ނެގި ދެ ފިރިހެނަކު އެ ގައުމުގެ ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން މި މައްސަލަ ބަލަން ފެށީ، ނަރަޔާނީ ކޯރުގެ ފެންގަނޑު ތެރެއިން ލަކުޑި ފިލާތަކެއް ބޭނުންކޮށް އަދި އިސްތަށިގަނޑުގައި ހިފައި ދަމާފައި އެ އަންހެންމީހާގެ ހަށިގަނޑު އެއްގަމަށް ނަގައި، އޭނާގެ ދެ ކަންފަތުގައި ހުރި ރަން ގަހަނާތައް ނައްޓާ މަންޒަރު ފެންނަ 41 ސިކުންތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ މަންޒަރު ކައިރީގައި ތިބި ބަޔަކު ވީޑިއޯ ކުރަމުންދިޔައިރު، ތުހުމަތުކުރެވޭ ދެ މީހުން ވަނީ ގަހަނާތައް ނައްޓައި ވަކިން ބަހައްޓާފައެވެ.

މި މައްސަލައިގައި ޗިތުވާން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މަދަން ގުރުންގް އަދި 38 އަހަރުގެ އުމޭޝް ޗައުދަރީއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބާރަތުޕޫރު މެޓްރޯޕޮލިޓަން ސިޓީގެ ޕޮކަރާ ބަސް ޕާކު ސަރަހައްދުންނެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ގެއްލުން ލިބުނު ފަރާތްތަކުގެ މުދާ ފޭރުމަކީ އިންސާނިއްޔަތުކަމެއް ނެތް، ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދުގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ މި ކާރިސާގައި މިހާތަނަށް މަދުވެގެން 392 މީހުން މަރުވެފައިވާއިރު، 1,400 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ބޯޑަރު ސަރަހައްދުގެ މުހިންމު އިމާރާތްތަކާއި މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޓެގް

ނޭޕާލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.