ޚަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ މާހިރުންނާއެކު ޓީޓީއެމް ފެއާ ފަށައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ މާހިރުންނާއެކު ޓީޓީއެމް ފެއާ ފަށައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ މާހިރުންނާއެކު ޓީޓީއެމް ފެއާ ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައިނަލްއަޤުވާމީ ބާޒާރުތަކާ ގުޅުވައިދޭ އެންމެ ބޮޑު ވިޔަފާރި ބައްދަލުވުން، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާކެޓަކަށް ނިސްބަތްވާ 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ވަނީ ޖަމާވެފައެވެ.

މި ޙަރަކާތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ މެދުގައި ޕްރޮފެޝަނަލް ގުޅުންތައް ބަދަހިކޮށް، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ އައު ޓްރެންޑުތައް ދެނެގަތުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވަމުން އަންނައިރު، އެ ކޯޕަރޭޝަނުން ޤާއިމުކޮށްފައިވާ ޚާއްޞަ ލައުންޖު މެދުވެރިކޮށް ބައިނަލްއަޤުވާމީ ޓުއާ އޮޕަރޭޓަރުންނާއި ޑީއެމްސީތަކުގެ އިތުރުން އެއާލައިންތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފެއާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާއްވާ ‘ޓީޓީއެމް އެވޯޑްސް އެންޑް ގާލާ’ މި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.

އޯކާ މީޑިއާ ގްރޫޕުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޓީޓީއެމް އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޕަޓީތަކާއި ބައިނަލްއަޤުވާމީ ބަޔަރުން އެއްތަނަކުން ބައްދަލުވެ، އެއްބަސްވުންތައް ޤާއިމުކުރުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބީޓޫބީ (ބިޒްނަސް-ޓު-ބިޒްނަސް) ޓްރެވަލް ޓްރޭޑް ޕްލެޓްފޯމެވެ. މި ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުވެ، ދެމެހެއްޓެނިވި ގޮތެއްގައި މާކެޓް ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.