ޚަބަރު މޭޒުކޮޅުގެ ކަންތައް ބޮޑުވެ އެންމެފަހުން އިސް ތަރުޖަމާނު ބަޔާނެއް ނެރުއްވައިފި

މޭޒުކޮޅުގެ ކަންތައް ބޮޑުވެ އެންމެފަހުން އިސް ތަރުޖަމާނު ބަޔާނެއް ނެރުއްވައިފި

މޭޒުކޮޅުގެ ކަންތައް ބޮޑުވެ އެންމެފަހުން އިސް ތަރުޖަމާނު ބަޔާނެއް ނެރުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަންލީ މޭޒެއްގެ މައްސަލައިގައި މީސްމީޑިއާގައާއި ބައެއް މީޑިއާތަކުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދަނިކޮށް، އެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ޚާއްޞަ ބަޔާނެއް ނެރުއްވައިފިއެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު ރަސްމީކޮށް ބޭނުންކުރެއްވި މޭޒުކޮޅެއް ނޫން ކަމަށެވެ.

ދައުލަތުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައިވާ ގޮތުން، އެ މޭޒު ނީލަންލާން ޖެހުނީ ކަތުރުފަނި އަޅައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމާ ގުޅިގެންނެވެ. އަދި އެކަން ކޮށްފައިވަނީ ދައުލަތުގެ މުދާ ނީލަންލުމަށް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އާންމުވެފައިވާ ފޮޓޯތަކުން ދައްކުވައިދޭ ގޮތަށް އެއީ ކުރީގެ ރައީސުން ބޭނުންކުރެއްވި މޭޒެއްގެ ގޮތުގައި ދައްކަން ކޮންމެވެސް ފަރާތަކުން މޭޒަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބަޔާނުގައިވެއެވެ. އާންމު ގޮތެއްގައި ނީލަންލާ ފަރުނީޗަރުގައި ދައުލަތުގެ ނިޝާން ހުންނަނަމަ، އެ ނިޝާނެއް ނައްޓާލުމަށްފަހު ނީލަންލާ ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވަނީ ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފެތުރުމުގެ ކުރިން ކަމާބެހޭ ރަސްމީ އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރުމަށާއި، ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ޚަބަރު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.


ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.