ޚަބަރު ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަމުން، އެސްޑީއެފް ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި

ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަމުން، އެސްޑީއެފް ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި

ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަމުން، އެސްޑީއެފް ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ ފައިސާގެ ރައްކާތެރިކަމާއި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް ލިބުނު ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް” ރިޕޯޓުން ދައްކާ ގޮތުގައި، މި ފެށުނު އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް ވަނީ މި ފައިސާ ޖަމާކުރެވިފައެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 9.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހޭދަވެފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. ސަރުކާރުން މިއަހަރު އަނބުރާ ދެއްކި 500 މިލިއަން ޑޮލަރުގެ ބޮޑު ލޯނު ދެއްކުމުގައިވެސް ބޭނުންކޮށްފައިވަނީ އެސްޑީއެފްގެ ފައިސާއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި މާލީ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ލޯނުތައް ދެއްކުމަށް 2016 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މަރުކަޒީ ބޭންކުގެ ރިޒާވްއާ މުޅިން ތަފާތުކޮށް ހިންގާ މި ފަންޑަށް ފައިސާ ޖަމާވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ޑިވިޑެންޑްގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްތަކުން ލިބޭ ބައެއް އާމްދަނީންނެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.