ޚަބަރު އެފްޑީސީގެ ޑީއެމްޑީގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ފައިހަތު ހަމަޖައްސައިފި

އެފްޑީސީގެ ޑީއެމްޑީގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ފައިހަތު ހަމަޖައްސައިފި

އެފްޑީސީގެ ޑީއެމްޑީގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ފައިހަތު ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މައި އެއް ކުންފުނި ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް، ލޯކަލް ގަވަނަންސްގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ގދ. ތިނަދުއަށް ނިސްބަތްވެވަޑައިގަންނަވާ ހަސަން ފައިހަތު ގުދުރަތުالله ހަމަޖައްސަވައިފިއެވެ.

މި ބަދަލާ ގުޅިގެން އެފްޑީސީން ވަނީ އެ ކުންފުނީގެ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާ ޑީއެމްޑީއަށް ރަސްމީކޮށް މަރުހަބާ ދަންނަވައި، މަގާމުގެ ޒިންމާތަކާ ފައިހަތު ހަވާލުވެވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ.

ފައިހަތަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދައުރުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އެ އަތޮޅުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވިލަރެސްކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ.

އާންމު ރައްޔިތުންނަށް އެކަށީގެންވާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދުގައި އުފައްދާފައިވާ އެފްޑީސީން މިހާރު ވެސް އަންނަނީ ހުޅުމާލެ ފޭސް 2 ގައި 4،000 ހައުސިން ޔުނިޓު (އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތައް) ގާއިމުކުރުމުގެ ބިޔަ މަޝްރޫއު ހިންގަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާއަށް ބޭނުންވާ ސްކޫލް ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުން ފަދަ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެ ކޯޕަރޭޝަނުން މިހާރު ވެސް ދަނީ ތަންފީޒުކުރަމުންނެވެ.

ޓެގް

އެފްޑީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.