ޚަބަރު

ރަޝިއާގެ ރައީސްއަށް ރާއްޖޭގެ އާ ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ރަޝިއާ ފެޑެރޭޝަނަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް އަރުވައިފިއެވެ.

މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލެސްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސްއަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ. ރައީސް މުޢިއްޒު، ރަޝިއާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް ޢައްޔަން ކުރެއްވީ 11 މާރޗު 2025 ގައެވެ.

ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ މިހާރުވެސް ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އެމަނިކުފާނު ރަޝިއާގެ ސަފީރުކަމުގެ މަޤާމު އަދާކުރައްވާނީ ތުރުކީވިލާތުގައި ހުންނަވައިގެން ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close