ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ރެއާލް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑުގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރިހޯދައި ބާސެލޯނާއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ވަރަށް ފޯރިގަދަ އަދި އެޓޭކިންގް ގޭމެއް ފެނިގެންދިޔަ މި މެޗުގައި ބާސާގެ ތަރި ރަފީނިއާ ދެ ލަނޑު ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ރެއާލް މެޑްރިޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއަރ އާއި ގޮންޒާލޯ ގާސިއާއެވެ. ޚާއްޞަކޮށް ވިނީޝަސްގެ ހުނަރުވެރި ލަނޑަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އޭނާ ކާމިޔާބުކުރި ފާހަގަކޮށްލެވޭ ލަނޑެކެވެ. މެޗުގެ ފަހުކޮޅު ރެއާލްއިން ކިލިއަން އެމްބާޕޭ ކުޅެން އަރުވައި އެޓޭކުތައް ވަރުގަދަ ކުރި ނަމަވެސް، މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މި ކާމިޔާބީއާއެކު ބާސެލޯނާއިން މިވަނީ ޖެހިޖެހިގެން ދެވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އެ ޓީމުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. މިއާއެކު ބާސެލޯނާ ވެފައި މިވަނީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޓީމުގެ ގޮތުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close