ޚަބަރު

ރަސްމާލޭގެ ސައިޓް އޭ އިން 64 އިންސައްތަ ބިން ހިއްކައި ނިންމައިފި

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ “ރަސްމާލެ” މަޝްރޫޢުގެ ދަށުން، ސައިޓް އޭގެ ބިން ހިއްކުމުގެ 64 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ސައިޓް އޭގައި ހިއްކުމަށް ކަނޑައަޅާފައިވާ 138 ހެކްޓަރުގެ ތެރެއިން 64 ހެކްޓަރުގެ ބިން މިހާރު އެއްކޮށް ހިއްކައި ނިމިފައިވާ ކަމަށެވެ.

ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫޢުގެ މަސައްކަތް ފެށީ 18 ޑިސެމްބަރު 2024 ގައެވެ. މި މަޝްރޫޢަކީ ތިން ކުންފުންޏެއް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ތެރެއިން ސައިޓް އޭގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި މިހާރު ބޭނުންކުރަމުންދަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ “ކްރިސްޓަބަލް ކޮލޯން” އެވެ. އެމްއޭސީއެލުން ބުނީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި މި ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރު ކުރިއަށްދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close