ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ75  އިންސައްތަ ބިން ހިއްކައި ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މިއީ މުޅި މަޝްރޫޢުގެ 74.6 އިންސައްތަ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރު ފެށުނު މި މަސައްކަތް، އެކި ސަބަބުތަކާހުރެ މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ދުވެލީގައި ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ.

މި ސަރަޙައްދުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ. ހުޅުމާލޭގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރާ ޑްރެޖަރުތައް ދެން ބޭނުންކުރާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ރަސްމާލެ، ގިރާވަރުފަޅު، އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫޢުތަކެއްވެސް ދަނީ ހިންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close