ބޭރުދުނިޔެ

މަޝްހޫރު އަލްކަޓްރާޒް ޖަލު އަލުން ހުޅުވަން ޓްރަމްޕް އަންގަވައިފި

އެމެރިކާގެ ސަން ފްރެންސިސްކޯ ކަނޑުގެ އައްސޭރިފަށުގައި ހުންނަ މަޝްހޫރު އަލްކަޓްރާޒް ޖަލު އަލުން ހުޅުވައި، ފުޅާކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ. މިކަން އެމަނިކުފާނު އިއުލާނު ކުރެއްވީ އޭނާގެ އޮންލައިން ޕްލެޓްފޯމް “ޓްރޫތް ސޯޝަލް” ގައި އާދީއްތަ ދުވަހުގެ ރޭ ޕޯސްޓްކުރެއްވި މެސެޖެއްގައެވެ.

ޓްރަމްޕްގެ މި ޕްލޭނަކީ އެ ކުޑަ ޖަޒީރާ، ރަށް ގާނޫނާއި ނިޒާމުގެ ނިޝާނަކަށް ހެދުމެވެ. މިގޮތުން “ނުބައި” ކުށްވެރިން ކަމަށް އޭނާ ވިދާޅުވާ “މުޖުތަމައުގެ ނުބައި ބައި” ބިރުގަންނަވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

“މާޒީގައި އަޅުގަނޑުމެން ވީ ފަދަ ސީރިއަސް ގައުމަކަށް ވުމަށްޓަކައި، އެންމެ ނުރައްކާތެރި ކުށްވެރިން ބަންދުކޮށް، އެމީހުންނަށް އެހެން މީހުންނަށް ގެއްލުން ދެވޭނެ ގޮތް ނުވާނެހެން ބޭތިއްބުމަކީ މުހިންމު ކަމެކެވެ،” ޓްރަމްޕް ވިދާޅުވިއެވެ.
މިކަމަށްޓަކައި ޔޫއެސް ބިއުރޯ އޮފް ޕްރިޒަންސް އަދި ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އެފްބީއައި އަދި ހޯމްލޭންޑް ސެކިއުރިޓީ ގުޅިގެން އަލްކަޓްރާޒް އަލުން ހުޅުވައި، ފުޅާކޮށް، އާބާތުރަ ފިލުވުމަށް އަމުރުކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިޖަލު އަލުން ހުޅޫވަނީ “އެމެރިކާގެ އެންމެ އަނިޔާވެރި އަދި ގަދަފަދަ ކުށްވެރިން” ބަންދުކުރުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

އަލްކަޓްރާޒް ޖަލަކީ އެމެރިކާގެ އެންމެ ނުރައްކާތެރި އަދި ފިލާފާނެ ކަމަށް ބެލެވުނު ކުށްވެރިން ބަންދުކޮށްފައި ބޭތިއްބި ތަނެކެވެ. މީގެ ތެރޭގައި އަލް ކަޕޯން އަދި ޖޯޖް “މެޝިން ގަން” ކެލީ ފަދަ މަޝްހޫރު ކުށްވެރިން ހިމެނެއެވެ. ނަމަވެސް ހިންގުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން 1963 ގައި މި ޖަލު ބަންދުކުރެވުނެވެ. މިހާރު އަލްކަޓްރާޒް އައިލެންޑް ބޭނުންކުރަނީ ފަތުރުވެރިކަމުގެ ވަސީލަތެއްގެ ގޮތުގައެވެ.
އަލްކަޓްރާޒް ޖަލަކީ ސަން ފްރެންސިސްކޯ އިން 2 ކިލޯމީޓަރު (1.25 މޭލު) ދުރުގައި އޮންނަ ރަށެއްގައި ހަދާފައިވާ ޖަލެކެވެ. “ދަ ރޮކް” ގެ ނަމުންވެސް މަޝްހޫރު މި ރަށްވަށައިގެންވާ ވަރުގަދަ ކަނޑުގެ އޮއިވަރާއި ފިނިކަމުގެ ސަބަބުން ޕެސިފިކް ކަނޑުގެ ސަބަބުން މީހަކު ފިލާފާނެ ކަމަކަށް ނުބެލެވެއެވެ.

އެފްބީއައި އިން ބުނާ ގޮތުގައި، މި ޖަލު ހުޅުވިފައި އޮތް 29 އަހަރުގެ ތެރޭގައި 36 މީހުން 14 ފަހަރު މަތިން ފިލަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ގިނަ މީހުން ހައްޔަރުކުރެވުނެވެ. ނުވަތަ ފިލުމުގެ މަސައްކަތުގައި މަރުވެފައިވެއެވެ.
އެންމެ މަޝްހޫރު ފިލުމުގެ ހާދިސާގެ ތެރޭގައި ހިމެނެނީ ފްރޭންކް މޮރިސް އަދި އޭންގްލިން އެކުވެރިން ކަމުގައިވާ ޖޯން އަދި ކްލެރެންސްގެ މައްސަލައެވެ. 1962 ގައި ޖަލުން ފިލި މި ތިން މީހުން އަދި އދަށްވެސް ފެނިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close