ޚަބަރު ހުޅުމާލެ ފޭސް 2 ގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ފޭސް 2 ގެ އެޗް 5 ސަރަޙައްދުގައި މިއަދު ހެނދުނު 8:13 ގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރަކާ ޖެހުމުންނެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، މިވަގުތު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދެއެވެ. އޭނާގެ ޙާލަތު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެ ސައިކަލް ދުއްވި ފަރާތަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަންވެސް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އެކްސިޑެންޓްގެ ސަބަބުން އިތުރު މީހަކަށް އަނިޔާވެފައިވާކަން އަދި އެނގިފައެއް ނުވެއެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓެގް

ހުޅުމާލެފޭސް2 އެކްސިޑެންޓް ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.