ޚަބަރު

ފޮނަދޫ ފަޅުތެރެއަށް ކާރެއް ވެއްޓި އަޑިއަށް ހިނގައްޖެ

ލ. ފޮނަދޫ ބަނދަރުގައި އޮތް ބޯޓަކަށް އަރުވަން އުޅުނު ކާރެއް ފަޅުތެރެއަށް ވެއްޓި އަޑިއަށް ހިނގައްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސުނު ވަގުތު އެ ކާރު ފޮނަދޫ ބަނދަރުގެ ފަޅުތެރެއަށް ވެއްޓުނީ، ލ. ހިތަދުއަށް ގެންދިއުމަށް ކާރު ދޯންޏަށް އަރުވަން އުޅުމުގެ ތެރޭގައެވެ.

މިކާރާ ބެހޭ މާބޮދު މައުލޫމާތެއް ލިބިފައިނުވިޔަސް އެނގިފައިވާ ގޮތުގައި ފޮނަދޫ ފަޅުތެރެއަށް ވެއްޓިފައިވަނީ ހުދު ކުލައިގެ ކާރެކެވެ.

އެ ކާރު ފަޅުތެރެއަށް ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކާރު އެއްކޮށްހެން އޮތީ ފެނު އަޑީގައެވެ.

އެނގިފައިވާ ގޮތުގައި، މިހާރު އެ ކާރު ވަނީ ފަޅުތެރެއިން ނަގައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close