ޚަބަރު

ތަރައްޤީގެ ކޮންމެ މަޝްރޫޢަކުންވެސް ވަކިވަކި ފަރުދުންނަށް ފައިދާކުރާނެ: ރައީސް

ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި ޚަރަދުތަކެއް ހިނގި ކަމުގައިވި ނަމަވެސް، އެއިން ކޮންމެ މަޝްރޫއެއްގެ ސަބަބުންވެސް ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. އަތޮޅަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ތޮއްޑުއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި ޚަރަދުތަކެއް ހިނގި ކަމުގައިވި ނަމަވެސް، އެއިން ކޮންމެ މަޝްރޫއެއްގެ ސަބަބުންވެސް ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްގީގެ ކޮންމެ މަޝްރޫއެއްގެ ފަހަތުގައިވެސް އޮތީ ރައްޔިތުންނަށް ލިބިގެންދާނެ އެތަކެއް ފައިދާއެއް ކަމަށާއި، އެއިން ކޮންމެ މަޝްރޫއަކުންވެސް އުފެދިގެންދާނީ ވަޒީފާއާއި އިގްތިސާދީ ވަސީލަތްތައް ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ޚަރަދު ހިނގާނެ. އެހެންވިޔަސް މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮތީ ފައިދާ. އިގްތިސާދީ ފައިދާ. ރައްޔިތުންނަށް ވަޒީފާ. އާމްދަނީ ވަކިވަކި ފަރުދުންނަށް ލިބުން. އެހެންވެ މިހާރުވެސް 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިނގަމުން އެދަނީ. އަޅުޑުމެން ވީ ވައުދާ އެއްގޮތަށް 5 އަހަރު ނިމޭއިރުގަ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ އެއްވެސް ރައްޔިތެއް އިރާދަ ކުރެއްވިއްޔާ މިރާއްޖެއަކު ނުހުންނާނެ.

އިއްޔެ އއ. ތޮއްޑޫގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރަށްތައް ހުރިގޮތުން ލަފާފުރުމުގެ ދަތުިކަން ހުރި ވަރަށް ގިނަ ރަށްތައް އެބަހުރި ކަމަށާއި އެހެންނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެކަންކަމަށް ޚަރަދު ކުރުމަކީ ބޭކާރު ކަމެއް ކަމުގައެވެ. ރައީސް ވިދާޅުވީ އެހެންނަމަވެސް އެއިން ރަށެއްގައި ދިރިއުޅޭ މީހަކަށް މެނުވީ ރަގަޅު ބަނދަރެއް ނެތުމުގެ އުދަނގޫ އިހުސާސް ނުކުރެވޭނެ ކަމަށެވެ.

މިގޮތުން ތޮއްޑޫގެ ބަނދަރު ހަދައި ދިނުމަކީ 2011 ވަނަ އަހަރުން ފެށިގެން ރައްޔިތުން އެދެމުން އައިކަމެއް ނަމަވެސް ފާއިތުވެދިޔަ ދިގު މުއްދަތުގައި އޮތީ އެކަމަށް އަޅާނުލެވި ކަމަށެވެ. އެހެންނަމަވެސް އެރަށަށް މިހާރު ޒަމާނީ ބަނދަރެއް ލިބިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ އޮޑިދޯނި ފަރަހަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ބަނދަރެއް ކަމުގައެވެ.

ތޮއްޑޫގައި އޮތް ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމަނިކްފާނާ ޚިޔާލު ތަފާތު ވުމެއްގެ ހުންނެވި ނަމަވެސް، ޚިޔާލު ތަފާތުވާ މެމްބަރުގެ ދާއިރާވެސް ބާކީ ނުކުރައްވާނެ ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close