ޚަބަރު

ހުޅުމާލެއިން ފެނުނު ކަށިތަކުގެ މައްސަލަ ފުލުހުން ދަނީ ބަލަމުން

ހުޅުމާލެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާތީ އެކަން ދަނީ ފުލުހުން ބަލަމުން ކަމުގައި މޯލްޑިވްސް ޕޮލިސްސަރވިސް އިން ބުނެފިއެވެ.

އެކަށިތައް ފެނިފައިވަނީ ރެޑްބުލް ޕާކާއި ދިމާ އަތިރިމަތިން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ރިޕޯޓު ކުރީ އިއްޔެ ހަވީރު 5:38 ހާއިރު އެވެ.

ފެނުނީ ކިހާ އަދަދެއްގެ ކަށިތަކެއް ކަމެއް ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގަ ބަލްނަ ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close