ޚަބަރު ފޭސް ދޭކުން ގެއްލުނު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ފޭސް ދޭކުން ގެއްލުނު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ފޭސް 2 ން ގެއްލިގެން ހޯދަމުންދާ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ، އަޒްހާން ގެއްލިގެން ހޯދުމަށް ހިންގާ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. މިކަމުގެ އިތުރު މަޢުލޫމާތު މިރޭ ފަހުން ހާމަކުރައްވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ހުޅުމާލެ ފޭސް ދޭކުން އަޒުހާން ގެއްލިގެން އޭނާ ހޯދަމުންދާކަން ފުލުހުން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ފުލުހުން ކުރިން ވިދާޅުވެފައިވަނި އެންމެފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށެވެ.

މުޙައްމަދު އަޒްހާން ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ ކޮންބަޔަކާއިއެކުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ.

ޓެގް

އަޒްހާން މީހަކުގެއްލުން އަވަސްޚަބަރު ހުޅުމާލެ މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.