ޓްރަންޕް ދިރިއުޅުއްވާ ގެއަށް އެފްބީއައިން ވަދެ ލިޔުންތަކެއް ހޯދައިފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާގެ މާރ-އަ-ލަގޯ ބަލައިފާސްކޮށްފި ކަމަށް ޓްރަންޕް ވިދާޅުވެއްޖެއެވެ.
“އެމީހުން އަހަރެންގެ ތިޖޫރީ ވެސް ފަޅާލީ،” ޓްރަމްޕް ނެރުނު ދިގު ބަޔާނެއްގައި ވިދާޅުވީ އެއީ “ރޭޑް” އެއްގެ ގޮތުގައި ސިފަކުރައްވަމުން ކަމަށެވެ.
މިކަން ކަށަވަރު ކޮށްދިން ދެ މަސްދަރަކުން ބުނީ އެއީ ޓްރަމްޕްގެ އެކުވެރިން މަގާމުން ވަކިވުމަށް ފަހު ވައިޓް ހައުސްއިން ރިޔާސީ ރެކޯޑްތަކެ ނަހަމަ ގޮތުގައި ނަގާފައިވާ ކަމަށް ތުހުމަތުތަކާ ގުޅުން ހުރި ކަމެއް ކަމަށެވެ. އެއިން އެއް މަސްދަރަކުން ބުނީ އެ ރޭޑް އަށް “ގަޑިއިރުތަކެއް” ނަގާފައިވާ ކަމަށެވެ.
މި ރޭޑް އެންމެ ފުރަތަމަ ކަށަވަރުކޮށްދެއްވި ޓްރަމްޕް ނެރުއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ އޭނާގެ ރިސޯޓް ޕާމްބީޗް “ވަށާލައި، ރެއިޑްކޮށް، އެފްބީއައިގެ އެޖެންޓުންގެ ބޮޑު ގްރޫޕަކުން ހިފާފައިވާ” ކަމަށެވެ.
“ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމަށް ފަހު، އިއުލާން ނުކޮށް އަޅުގަނޑުގެ ގެއަށް ދިން މި ރެއިޑަކީ ކޮންމެހެން ކުރަންޖެހޭ ނުވަތަ އެކަށީގެންވާ ކަމެއް ނޫން،” ޓްރަމްޕް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޓްރަންޕް ގެ ގެ “މާރ-އަ-ލަގޯ”އަށް ވަޑައިނުގަންނަވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އޭނާ ހުންނެވީ ނިއުޔޯކް ސިޓީގެ ޓްރަމްޕް ޓަވަރުގައި ކަމަށް ރިިޕޯޓްތައް ބުނެ އެވެ.
ވޮޝިންޓަންގައި ހުންނަ ޖަސްޓިސް ޑިޕާޓްމަންޓުގެ މައި މަރުކަޒުގެ ތަރުޖަމާނުން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ ނިއުޔޯކް ޓައިމްސްގައި ބުނެފައިވެއެވެ.
މި މައްސަލައަށް އަހުލުވެރި ދެ ފަރާތަކުން ބުނެފައި ވަނީ ބައިޑަން ވައިޓް ހައުސްގެ އިސް އޮފިޝަލުންނަށް ރޭޑް ކުރިކަން ކުރިން އަންގާފައި ނުވާ ކަމަށެވެ.
އެފްބީއައިގެ މި ފިޔަވަޅު އެޅުމުގެ ޚަބަރު ލިބިފައިވަނީ ޓްރަމްޕާއި އޭނާގެ އެކުވެރިންނަށް އަންނަ ގާނޫނީ އިންޒާރުތަކުގެ ތެރެއިން ދުވަހެއް ދުވަހަކަށް ކޮމްޕްލެކްސް ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2020 ވަނަ އަހަރު ވެރިކަން ބަދަލުވުމަށް ޓްރަމްޕާއި އޭނާގެ އެކުވެރިން ކުރި މަސައްކަތުގެ ތަހުގީގު އިތުރުވަމުންދާއިރު، ބައެއް ގޮތްގޮތުން ޖޯ ބައިޑަންގެ ކާމިޔާބީ ހުއްޓުވުމަށް އޮޅުވާލައިގެން ރިޔާސީ އިންތިޚާބުކުރާ މީހުން އައްޔަން ކުރަން މަސައްކަތް ކުރުމެވެ.

