ބޭރުދުނިޔެ އީރާން ދަތުރުފުޅުގައި ބައިވެރިވީ އަސްލު ޕޫޓިން ނޫންކަމަށްވެދާނެ: ޔޫކްރެއިންގެ އޮފިޝަލެއް

އީރާން ދަތުރުފުޅުގައި ބައިވެރިވީ އަސްލު ޕޫޓިން ނޫންކަމަށްވެދާނެ: ޔޫކްރެއިންގެ އޮފިޝަލެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަޝިޔާގެ ލީޑަރު ވްލަޑިމިއަރ ޕޫޓިން މިހަފްތާގައި އީރާނަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަތީ އަސްލު ޕޫޓިން އަށް ނުވެދާނެކަމަށާއި، އެއީ ޕޫޓިންގެ ބޮޑީ ޑަބަލްއަކަށް ވެދާނެ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭކަމަށް ޔޫކްރެއިންގެ އިންޓެލިޖެންސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ މަސްދަރުތަކާ ހަވާލާދީ “ދަ ސަން” ނޫހުން ބުނީ، އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ވާހަކަތައް ޒަމާނުއްސުރެ ދެކެވެމުން އަންނަ ރަޝިޔާގެ ރައީސް ޕޫޓިން ، އިރާނުގެ ރައީސް އާޔަތުالله އަލީ ޚާމަނައީއާ ބައްދަލުކުރެއްވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އާދަޔާ ޚިލާފް ކަންތައް ތަކެއް ފެނިގެން ދިޔަ ކަމަށެވެ.

މޭޖަރ ޖެނެރަލް ކައިރިލޯ އޯ ބުޑަނޯވް ޔޫކްރެއިންގެ އައުޓްލެޓަކަށް 1+1 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ދަތުރުފުޅުގެ ތެރޭގައި ފެނިގެންދިޔައީ ޕޫޓިންގެ ފަރާތުން ޢާއްމުކޮށް ފެންނަ ސިފަތަކާއި، ޙަރަކާތްތަކާ ވަރަށް ތަފާތު ސިފައެއް ކަމަށާއި، ފުޓޭޖުން ފެންނަ މީހާއަކީ ޕުޓިން ނޫން ކަމަށް ލަފާކުރެވޭ ކަމަށެވެ.

“މަތިންދާބޯޓުން ޕޫޓިން ނިކުންނަވާ ވަގުތު ބައްލަވާ، އަހަރެން ނަށް ހަމަ ވަރަށް ޔަޤީން ” އިރާން ދަތުރު ފުޅުގެ ވީޑިއޯ ތަކާއި، ފޫޓޭޖް ތަކާ ހަވާލާދީ ބުޑަނޯވް ބުންޏެވެ.

ޕޫޓިން އީރާނަށް ކުރެއްވި ދަތުރުފުޅަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންގެ އިންގިލާބު ފެށުނު ފަހުން ބައިނަލްއަގްވާމީ ގޮތުން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރަޝިއާގެ ފޮރިން އިންޓެލިޖެންސް ސާވިސްގެ ކުރީގެ ލެފްޓިނެންޓެއް ކަމަށްވާ ޕުޓިންޓެލެގްރާމް ޗެނަލް “ޖެނެރަލް އެސްވީއާރް” އިން މިދިޔަ މެއި މަހު ވަނީ، ޕުޓިންގެ ބަދަލުގައި ބޮޑީ ޑަބަލްސް އެއް އެލާޓަށް ގެނެސް، އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ނަމަ، އޭނާގެ ބަދަލުގައި އެހެން މީހަކު ގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޓެލެގްރާމް އެކައުންޓުން ވަނީ ޕޫޓިން ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގެން ގާނޫނުތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރިކޯޑްކޮށްފައިވާ ފުޓޭޖްތައް ޢާޢްމު ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޕުޓިން ވިދާޅުވީ މީގެ ދެ އަހަރު ކުރިން 2000ގެ އަހަރުތަކުގެ ކުރީކޮޅު ސަލާމަތީ ކަންކަމުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑީ ޑަބަލް ވަޒީފާ އަދާކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ކަމަށާއި ނަމަވެސް އެންމެ ފަހުން އެކަމާ ދެކޮޅަށް ނިންމެވި ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާރންސް ވިދާޅުވީ، ރަޝިޔާގެ ލީޑަރުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، ކެންސަރާ ހަނގުރާމަ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސީއައިއޭގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް ރަޝިއާގެ 15،000 އާ ގާތްކުރާ އަދަދަކަށް ސިފައިން ވަނީ މަރުވެފަ އެވެ.

ޓެގް

ޕޫޓިން ޔޫކްރެއިންހަނގުރާމަ ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.