ބޭރުދުނިޔެ

ސީރިއާގެ ‘ލޫޓުވުން’ ހުއްޓާލުމަށް އެމެރިކާއަށް ޕޫޓިން ވިދާޅުވެއްޖެ

އެމެރިކާއިން ސީރިއާގެ ރައްޔިތުންނާއި ދައުލަތުން ތެޔޮ “ވަގަށް ނެގުން” ހުއްޓާލަން ޖެހޭ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ތެހެރާނުގައި ހުންނަ އީރާނާއި ތުރުކީގެ ގައުމުތަކާ ބައްދަލުކުރެއްވުމަށް ފަހު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން ޔޫފްރެޓިސް ކޯރުގެ އިރުމަތީގައި އޮންނަ ސަރަހައްދު ދޫކޮށް “ސީރިއާގެ ދައުލަތާއި، ސީރިއާގެ ރައްޔިތުން ފޭރުމާއި، ގަވާއިދާ ހިލާފަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލަން” ޖެހޭ ކަމަށް ޕޫޓިން ވިދާޅުވީ އަންގާރަ ދުވަހުގެ ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިއީ ރަޝިޔާއާއި އީރާނާއި ތުރުކީގެ “އާންމު މަގާމެއް” ކަމަށެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓުން ބަލިވި ފަހުން ސީރިއާގެ ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ މިލިޝިއާގެ ކޮންޓްރޯލް އޮތް އެގައުމުގެ އިރުއުތުރުގައި ހުންނަ ތެޔޮ ވަޅުތަކާއި ހަނޑުލުގެ ދަނޑުތައް މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރުމަށް އެމެރިކާގެ އެތައް ސަތޭކަ ސިފައިންނެއް ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެ އެވެ. އެމެރިކާގެ ތާއީދު އޮންނަ އެސްޑީއެފް އިން ވަނީ ވޮޝިންޓަނުން އެދޭ ދިމިޝްގުގެ ސަރުކާރާ އަލުން ގުޅެން ދެކޮޅު ހަދާފަ އެވެ.

2019 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަނީ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ސީރިއާ އަލުން ބިނާކުރުމަށް އެހީތެރިވާން މަސައްކަތްކުރާ ކޮންމެ މީހަކަށް “ސީޒަރ ސީރިއާ ސިވިލް ޕްރޮޓެކްޝަން އެކްޓް” މެދުވެރިކޮށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ޕޫޓިން އަންގާރަ ދުވަހު ވިދާޅުވީ މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން “މުސީބާތުގެ ނަތީޖާތަކެއް” ލިބިފައިވާ ކަމަށާއި ސީރިއާއަށް ދޭ އިންސާނީ އެހީތައް “ސިޔާސީ ކޮށްގެން ނުވާނެ” ކަމަށެވެ.

އަންގާރަ ދުވަހު ތެހެރާނުގައި ބޭއްވި ސަމިޓުގައި ޕޫޓިން ވަނީ އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި ތުރުކީގެ ރަޖަބް ޠައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވާފައެވެ. ތިން ރައީސުން ގުޅިގެން ނެރުނު އިއުލާނެއްގައި ވަނީ “ސީރިއާގެ ހަމަނުޖެހުމަށް އަސްކަރީ ހައްލެއް ނުލިބޭނެ” ކަމަށް ގަބޫލުކުރާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ސީރިއާގެ ސީރިއަސް އިންސާނީ ހާލަތު ގޯސްވަމުންދާ “ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އެއްފަރާތުން ދަތިކުރުމުގެ ފިޔަވަޅުތައް” ކުށްވެރިކޮށް، އައިއެސް އާއި އެހެނިހެން ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރުމަށް އދ އަށް އެހީތެރިވުމަށް ދިމިޝްގުގެ އެދުމުގެ މަތިން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިޔާއިން ސީރިއާއަށް އެކްސްޕެޑިޝަނަރީ ފޯސްއެއް ފޮނުވި އެވެ.

ޖެނުއަރީ 2017 ގައި މޮސްކޯ، އަންކާރާ އަދި ތެހެރާނުން ވަނީ 2011 ވަނަ އަހަރު ފެށި ސީރިއާގެ ހަމަނުޖެހުން ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތަށް “އަސްތާނާ ޕްރޮސެސް”ގެނަމުން ނަންދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close