ބޭރުދުނިޔެ

ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީ އަލުން ހުޅުވިކަން ބްލިންކެން އިއުލާންކޮށްފި

ކިއެވްގައި ހުންނަ އެމެރިކާގެ އެމްބަސީ އަލުން ހުޅުވިކަން ބްލިންކެން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވަނީ ޔުކްރޭނަށް ރަޝިޔާއިން އަރައިގަތުމުގެ ސަބަބުން ކިއެވްގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރިތާ ތިން މަސް ފަހުން އަލުން ހުޅުވިކަން އިއުލާން ކުރައްވާފައެވެ.

“މިއަދު އަޅުގަނޑުމެން މިދަނީ ރަސްމީކޮށް ކިއިވްގައި ހުންނަ އެމެރިކާ އެމްބަސީގައި އޮޕަރޭޝަންތައް އަލުން ފަށަން. ޔޫކްރޭންގެ ރައްޔިތުން، އަޅުގަނޑުމެންގެ ސަލާމަތީ އެހީތެރިކަމާއެކު، ރަޝިޔާގެ ވިސްނުންތެރިކަމެއް ނެތް އަރައިގަތުމާ ކުރިމަތިލާއިރު، އެމީހުންގެ ވަޒަން ދިފާއުކޮށްފައި، އޭގެ ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ސްޓާސް އެންޑް ސްޓްރައިޕްސް އެމްބަސީގެ މައްޗަށް އުދުހެމުންދާ،” ބްލިންކެން ނެރުނު ބަޔާނެއްގައިވެ އެވެ.

ޔޫކްރޭންގެ ވެރިރަށް އެނބުރި އަންނަ ޑިޕްލޮމެޓުންނަށް ރައްކާތެރިވުމަށް އެމެރިކާއިން “އިތުރު ފިޔަވަޅުތަކެއް” އަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަނގުރާމަ ނިމުމަކަށް ނާންނަ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ބްލިންކެން ވިދާޅުވީ އެމެރިކާއިން ޔޫކްރޭންގެ ރައްޔިތުންނާއި ސަރުކާރަށް ކުރާ ވައުދުތައް އަލުން ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.

“ކްރެމްލިންގެ އަނިޔާވެރި ހަނގުރާމައިން ޔޫކްރޭންގެ ގައުމު ދިފާއު ކުރަމުންދާއިރު، ޔޫކްރޭންގެ ސަރުކާރާއި ރައްޔިތުންނާއެކު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ތެދުވެ، އަދި ތާއީދު ކުރަމުން މިދަނީ،” ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާ އެމްބަސީގެ އޮފިޝަލަކު މީގެ ކުރިން ރޮއިޓާސްއަށް ވިދާޅުވީ ކޮންސިއުލަރ އޮޕަރޭޝަންތައް އަލުން ނުފެށޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close