ބޭރުދުނިޔެ

ހޫތީން ހިފަހައްޓާފައިވާ އެމެރިކާގެ ދެ ރައްޔިތަކު މިނިވަން ކޮށްފި

ޔަމަނުގައި އީރާނުން ވާގިވެރިވާ ހޫތީން ހިފަހައްޓާފައިވާ އެމެރިކާގެ ދެ ރައްޔިތަކު މިނިވަން ކުރުމަށް އެމެރިކާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން ކުރި މަސައްކަތުން އެ ދެމީހުން މިނިވަން ކޮށްފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

“ހޫތީންގެ ބާރުގެ ދަށުގައި މިހާރު އޮތް ޔަމަނުގެ ސަރަހައްދަކުން އެމެރިކާގެ ދެ ރައްޔިތަކު ރައްކާތެރިކަމާއެކު ފޭބުމަށް އަހަރެމެން އެހީވީ،” އަލް އަރަބިއްޔާ އިންގްލިޝް އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ. “ސައޫދީ އާއި ޔަމަނުގެ ސަރުކާރުގެ ބައިވެރިން ރައްކާތެރިކަމާއެކު ފުރައިގެން ދިއުމުގެ މަގު ފަހިކޮށްދިނުމުގައި ވެދިން އެހީތެރިކަމަށް ޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރަން.” ސައޫދީ އޮފިޝަލް ވިދާޅުވިއެވެ.

ރޮއިޓާސް އިން އެންމެ ފުރަތަމަ މި އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދީފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ އެމެރިކާގެ ދެ މީހުންނަކީ ޔަމަނަށް އުފަން އުމުރުން 19 އަހަރާއި 20 އަހަރުގެ އަންހެނުން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެމީހުން ސަނާއިން ފުރައިގެން އޭޑަންއަށް ދަތުރުކުރީ ސައުދިއަރަބިޔާއަށް ދިއުމުގެ ކުރިންނެވެ.

އެމީހުން މިހާރު ތިބީ އެމެރިކާއަށް އެނބުރި އައިސް ކަމަށް ރިޕޯޓުގައި ވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

“ގައުމުން ބޭރުގައި ތިބި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ޑިޕާޓްމެންޓް އޮފް ސްޓޭޓްގެ އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް،” ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close