ޚަބަރު

ފޭދޫ ޕްރީ ސްކޫލް ފާރުގައި އިންޑިއާ އައުޓް ލިޔުނު މައްސަލަ މިދަނީ ބަލަމުން: ފުލުހުން

ށ.ފޭދޫގައި ތަރައްގީ ކުރަމުން އަންނަ ޕްރީ-ސްކޫލްގެ ބޭރު ފާރުގައި، ދެ ޒުވާނަކު “އިންޑިއާ އައުޓް” ލިޔުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފޭދޫ ޕްރީ ސްކޫލްގެ ފާރެއްގައި ތަކުރާރުކޮށް އިންޑިއާ އައުޓް ލިޔުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ދެމީހުންވެސް ހައްޔަރު ކުރީ މިމަހުގެ 27 ވަަނަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ފިރިހެނަކާއި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންގެ ބަންދަށް ވަނީ 7 ދުވަސް ޖަހައިފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ފައްޓަވާފައިވާ އިންޑިއާ އައުޓް ކެމްޕެއިން ވަނީ އަތޮޅުތެރެއަށްވެސް ފުޅާ ވެފައެވެ.

މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސް ފައިވާ ކަމެއްކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close